ޚަބަރު

މޯލްޑިވިއަންއިން ކައްދޫ-މުލި ދަތުރުތައް ފަށަނީ


  • އެއްކޮޅު ޓިކެޓްގެ އަގަކީ 999 ރުފިޔާ

  • ދަތުރުތައް ފަށަނީ ހޮނިހިރު ދުވަހު

ލ.ކައްދޫއާއި މ.މުއްޔާދެމެދު ވައިގެ ދަތުރުތައް ފެށުމަށް މޯލްޑިވިއަންއިން ނިންމައިފިއެވެ.

މި ދަތުރުތައް ފެށުމަށް ނިންމާފައިވަނި އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

މޯލްޑިވިއަންއިން ވިދާޅުވީ ކައްދޫއާއި މުއްޔާދެމެދު ވައިގެ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އެ ރޫޓުގައި އެކަށީގެންވާ ޑިމާންޑެއް އޮތުމުންކަމަށެވެ. ހޮނިހިރު ދުވަހުން ފެށިގެން ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު ހަފްތާއަކު އެއްދުވަހު ދަތުރުކުރާނެކަމަށް މޯލްޑިވިއަންއިން ވިދާޅުވެއެވެ. މޯލްޑިވިއަނުން މިހާރު ވަނީ ކައްދޫއާއި މުއްޔާދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ކައްދޫއާއި މުއްޔާދެމެދު މޯލްޑިވިއަނުން ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓްގެ އަގަކީ 999 ރުފިޔާއެވެ.

މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ، މޭ މަހުގެ 20ވަނަ ދުވަހުއެވެ. އަދި މޯލްޑިވިއަނުން މުލީ އެއަޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.