ޚަބަރު

ހަ މަސް ފަހުން ދުރާން ލޯނު އެއްބަސްވުމެއްގައި ފެނަބާޗޭ އަށް


ސައުދި އަރަބިއްޔާގެ އަލް ނަސްރުގެ ފޯވަޑް ޖޯން ދުރާން އެ ކްލަބާއި ގުޅުނުތާ ހަ މަސް ދުވަސް ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ފެނަބާޗޭއަށް ބަދަލުވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެސްޓަން ވިލާއިން 71 މިލިއަން ޕައުންޑުގެ ފީއަކަށް ޖޯން ދުރާން އަލް ނަސްރު އާއި ގުޅިފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.

ކޮލަމްބިއާ އަށް އުފަން އުމުރުން 21 އަހަރުގެ ދުރާން ވަނީ މިދިޔަ ސީޒަނުގައި އެސްޓަން ވިލާއަށް 29 މެޗުގައި 12 ގޯލު ޖަހައިދީފަ އެވެ. އަދި ޖެނުއަރީ މަހު އަލް ނަސްރު އާޢި ގުޅި އޭނާ ވަނީ އެ ކްލަބަށް ކުޅެދިން 18 މެޗުގައި 12 ލަނޑު ޖަހާފަ އެވެ.

ފެނަބާޗޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަލް ނަސްރު އާއި ދުރާން އާއިއެކު ދެކެވުނު ވާހަކަ ތަކަށްފަހު އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ދުރާން އެ ކްލަބާއި ގުޅޭނެ ކަމަށެވެ.

ކޮލަމްބިއާގެ ގައުމީ ޓީމަށްވެސް ކުޅެމުންދާ ދުރާން ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 17 މެޗުގައި ތިން ލަނޑު ޖަހާފަ އެވެ.

2023 ވަނަ އަހަރު ދުރާން އެސްޓަން ވިލާ އާއި ގުޅިފައިވަނީ ޗިކާގޯ ފަޔާ އިން 18 މިލިއަން ޕައުންޑުގެ ފީ އަކަށެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅެދިން 78 މެޗުގައި 20 ލަނޑު ޖަހާފަ އެވެ. އޭގެ ތެރެއިން 61 ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅެން އަރާފައިވާ މެޗު ތަކެވެ.

ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ފެނަބާޗޭ މިދިޔަ ސީޒަނުގައި އޮތީ ލީގުގެ ދެވަނައިގަ އެވެ.