ޚަބަރު

ފަލާހުގެ ރަންޔޫބިލް ގުރުއާން މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި


  • 535 ދަރިވަރުން ބައިވެރިވި

  • ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި މުބާރާތުން އެކި ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް އިނާމް ދެއްވާފައި

ޖަމްޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ރަމަޟާންމަހު ޖަމިއްޔަތުލް ފަލާހުން ކުރިއަށް ގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގައި މިފަހަރު 535 ދަރިވަރުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވާފައި ވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުބާރާތުން ފާހަގަކޮށްލެވޭ ވަނަތައް ހާސިލްކުރި 13 ދަރިވަރަކަށް އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. މީގެތެރޭގައި ސްކޫލްތަކާއި ވަކިވަކި ދަރިވަރުން ހިމެނެއެވެ. މީގެއިތުރުން ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ބައިން އެކި ވަނަތަކަށް ހާސިލުކުރި ދަރިވަރުންނަށްވެސް އިނާމް ދެއްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ޖަމިއްޔަތުލާ ފަލާހުގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލައެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް ވަނީ އަރުވާފައެވެ.

‎ކޮންމެ ރަމަޟާން މަހަކު ކުރިއަށްގެންދާ މި މުބާރާތުގައި މާލޭ، ހުޅުމާލެ، ވިލިމާލޭގެ 24 ސަކޫލަކުން ޕްރައިމަރީ، ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ގެ ދަރިވަރުން ބައިވެރިވިއެވެ.

މި މުބާރާތަކީ ‎ދަރިވަރުންގެ މެދުގައި ޤުރުއާނަށް ލޯބި ޖައްސާ ގުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ގުރުއާން ކިޔަވަން ދަންނަ ދަރިވަރުން އުފެއްދުމަށް ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ފަލާޙް ޖަމްޢިއްޔާޢިން މައުލޫމާތުދެއެވެ.