ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ގެ ކުޅުން ފަށައިފިއެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ރާ އަތޮޅު ޒޯނުގެ މެޗުތައް ފޯރީގައި ކުރިޔަށްދާއިރު ރާ އަތޮޅު ޒޯނުގެ މުބާރާތް ނިމުމަށްފަހު ޖުލައިމަހުގެ ފަހު ކޮޅު މާލޭ ޒޯނުގެ މުބާރާތް ފަށާނެއެވެ. ވީއޭއެމްއިން ބުނީ މާލެ ޒޯނު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ރިސޯޓުތަކަށް ހުޅުވާލާފައިވާކަމަށެވެ.
ރާ އަތޮޅަށް ހާއްސަ ޒޯން 6 ގެ މުބާރާތުގެ މެޗުތަށް ކުރިޔަށްދާނީ މިމަހުގެ 3-8 ޖޯލި މޯލްޑިވްސްގައެވެ.
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްއެވެ. މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޒް އާއި ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް އާއި އެސޯސިއޭޝަނުގެ ބައެއް އިސްވެރިންނާއި ޖޯލި މޯލްޑިވްސްގެ ބައެއް އިސްވެރިންވެސް ބައިވެރިވެލެއްވިއެވެ.
ވީއޭއެމް ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ގެ ރ.އަތޮޅު ޒޯނުގެ މުބާރާތް ފެށުމުގެ ގޮތުން ފުރަތަަމަ މެޗުގައި ބުރާސްފަތި ދުވަހު ބައްދަލުކުރީ ކޯރާ ކޯރާ މޯލްޑިވްސް އާއި ޖޯލި މޯލްޑިވްސްގެ ޓީމެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ޖޯލި މޯލްޑިވްސް އާއި ޖޯލި ބީން، ކޯރާ ކޯރާ ކޯރާ މޯލްޑިވްސްއެވެ.
މި މުބާާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 ޖުލައިގައެވެ.