ހަތަރުވަނަ ބައިނަލްއަޤުވާމީ ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.
ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ކުރިއަށްދިޔަ އާންމު ބަހުސްގައި އެކި ޤައުމުތަކުގެ އިސްވެރިންވަނީ އެ ޤައުމުތަކުގެ މާލީ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި މާލީ ކުރިއެރުންތަކާއި، ކުރިމަގުގައި ޙާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙިއްސާކުރައްވާފައެވެ.
The Vice President attends opening segment of Fourth International Conference on Financing for Development https://t.co/VHedv26RlF pic.twitter.com/0D35VbT52I
— The President's Office (@presidencymv) June 30, 2025
މި ކޮންފަރެންސްގައި ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިޞްލާޙުކުރުމާއި ތަރައްޤީގެ ގުޅުންތައް ހަރުދަނާކުރުންފަދަ ހައްސާސް މައްސަލަތަކުގެ މައްޗަށް، ކޮންފަރެންސްގެ ހަވާސައިގައި، ވަށްމޭޒުގެ ބައްދަލުވުންތަކުގައި މަޝްވަރާތައް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މި ހިނގާ ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.