އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފިކޭޝަނުގައި މިއަދު ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗު 7-0 ގެ ނަތީޖާއަކުން ވިއެޓްނާމުން ކާމިޔާބުކޮށްފިއެވެ.
ރާއްޖޭގެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް މިމެޗުން ފެނިގެން ދިޔައިރު، މީގެ ކުރިން ވިއެޓްނާމާ ބައްދަލުކޮށް ރާއްޖެވަނީ 16-0ގެ ބޮޑު ތަފާތަކުން ބަލިވެފައެވެ. އެހެންކަމުން މިމެޗުގެ ނަތީޖާއާކު ރާއްޖޭގެ ޓީމުންވަނީ ވިއެޓްނާމާ ދެމެދު އޮތް ފަރަގު ވަރަށް ބޮޑު ތަނުން ކުޑަކޮށްފައެވެ.
އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފިކޭޝަނުގައި ދެން ރާއްޖެއިން ނުކުންނާނީ ޖުލައި މަހުގެ ދެވަނަ ދުވަހު ގުއާމާ ވާދަކުރުމަށެވެ. އެއަށްފަހު ޖުލައި މަހުގެ ފަސްވަނަ ދުވަހު ރާއްޖޭގެ ޓީމު ނިކުންނާނީ ޔޫއޭއީއާ ދެކޮޅަށެވެ.