ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ 2 މަސްބޯޓެއް، އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް ހަރަކާތްތެރިވި ކަމަށް ބެލެވޭ ބޭރު ޤައުމެއްގެ 2 މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، އަތުލައިގަނެފައިވާ ދެބޯޓު ނިސްބަތްވަނީ ސްރީލަންކާއަށްކަމަށެވެ. އަދި މި ބޯޓުތައް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިކަމަށެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މިމައްސަލަ އިތުރަށް ތަޙުގީގުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރުމަށް، މިދެބޯޓުވެސް މިހާރު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.