މާލެ އަތޮޅުގައި ތަރައްޤީކުރަމުން އަންނަ "ރަށް ގިލި މޯލްޑިވްސް" ރިސޯޓް މިއަހަރުގެ ޑިސެމްބަރ މަހު ހުޅުވަން ނިންމައިފިއެވެ. މިއީ ސިކްސް އެންޑް ސިކްސް ޕްރައިވެޓް އައިލެންޑްސްއިން ތަރައްޤީކުރާ ރިސޯޓެކެވެ.
ރިސޯޓް ތަރައްޤީކުރާ ކުންފުނިން ބުނެފައިވަނީ މިރިސޯޓުން ފަތުރުވެރިންނަށް ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވޭނެކަމަށެވެ. އެގޮތުން ރިސޯޓް ތަރައްޤީކޮށްފައިވާނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި، ސަޤާފަތް ދައްކުވައިދޭފަދަ ގޮތަކަށްކަމަށް ވަނީ ބުނެފައެވެ.
ރިސޯޓާއި ކައިރީގައި އާންމުކޮށް ކޯމަސް ފެންނަ ސަރަހައްދެއް އޮތުމުގެ ސަބަބުން މިއީ ފަތުރުވެރިންނަށް ލިބިގެންދާނެ ތަފާތު ތަޖުރިބާއެއްގެ ގޮތުގައި ރިސޯޓުން ވަނީ ބުނެފައެވެ.
މި ރިސޯޓްގައި 74 ޕްރައިވެޓް ޕޫލް ވިލާ ހުންނާނެއެވެ. ކޮންމެ ވިލާއެއްވެސް ފަރުމާކޮށްފައިވަނީ ފަތުރުވެރިންނަށް ތަފާތު ތަހުރިބާތަކެއް ކުރެވޭނެފަދަ ގޮތަކަށްކަމަށް ވަނީ ބުނެފައެވެ.
ސިކްސް އެންޑް ސިކްސް ޕްރައިވެޓް އައިލެންޑްސްއިން ދަނީ ރާއްޖޭގައި އިތުރު ރިސޯޓެއްވެސް ތަރައްޤީކުރަމުންނެވެ. "ދޮން މާގަ މޯލްޑިވްސް" ގެ ނަމުގައި ތަރައްޤީކުރަމުން އަންނަ މި ރިސޯޓް އަންނަ އަހަރު ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.