ޚަބަރު

ދުވާލަކު އެވްރެޖްކޮށް 6000 ފަތުރުވެރިން؛ އެންމެ ގިނައީ ޗައިނާ ފަތުރުވެރިން


  • އަހަރުގެ މިހާތަނަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި

ރާއްޖެއަށް މިހާރު ދުވާލަކު އެވްރެޖްކޮށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 9.4 އިންސައްތަ އިތުރުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،016،377 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.4 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6313 ފަތުރުވެރިން އާދެއެވެ.

މިއަހަރުގެ ވަކިވަކި މަސްމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު

• ޖަނަވަރީ: 214،863 ފަތުރުވެރިން
• ފެބްރުއަރީ: 214،091 ފަތުރުވެރިން
• މާރޗް: 203،468 ފަތުރުވެރިން
• އޭޕްރީލް: 198،322 ފަތުރުވެރިން
• މެއި: 135،614 ފަތުރުވެރިން
• ޖޫން 10 ގެ ނިޔަލަށް: 50،019 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ޤައުމަކުން ވަނީ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ:
• ޗައިނާ: 122،088 ފަތުރުވެރިން
• ރަޝިއާ: 112،638 ފަތުރުވެރިން
• އިނގިރޭސިވިލާތް: 102،022 ފަތުރުވެރިން

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %71.9 އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ %22.8 އެވެ. %2.8 އާއިއެކު 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓެލްތަކުގައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1203 ތަނެއް ދަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ ޖުމްލަ 64،033 އެނދުކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.