ޚަބަރު

ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ


  • ހަވާ އަރުވާނީ މިރޭ 21:45ގައި

  • ފޭސް 2ގެ ފަރުކޮޅުފުށީގައި

  • މިއީ އަމިއްލަ ފަރާތެއްގެ އިވެންޓަކަށް އަރުވާ ހަވާއެއް

ހުޅުމާލެ ފޭސް 2ގެ ފަރުކޮޅުފުށި ސަރަޙައްދުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފަވާކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ހަވާ އެރުވުމަށް ހަމަޖެހިފަވަނީ ފަރުކޮޅުފުށީގައި މިރޭ 21:45 ގައެވެ.

މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއްކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. ހަވާ އެރުވުން ކުރިއަށްދާނީ 3 މިނެޓަށެވެ.

ޚާއްސަ ހަރަކާތްތަކާ ގުޅިގެން ސިފްކޯއިން ދަނީ ވިޔަފާރި އުސޫލުން ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވަމުންނެވެ.