ޚަބަރު

ޑިންގީއެއްގައި ލޯންޗަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެއްޖެ


  • އަނިޔާވީ ދިވެހި ފިރިހެނުންތަކަކަށް

  • އަނިޔާ ލިބުނު މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން

ޑިންގީއެއްގައި ލޯންޗަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ޅ. އަތޮޅު ގާއެރިފަޅު ކައިރީ ރޭ މެންދަމު ފީނަން ގޮސް އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހިގެން ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 12:33 ގައި ކަމަށްވެސް ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި 5 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަނިޔާވި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އަނިޔާވި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވެއެވެ. އެކްސިޑެންޓުގައި ޑިންގީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.