ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައި މޯލްޑިވްސް އިސްލާމިކް ބެންކުގެ ގޮތްޕެއް ހުޅުވައިފިއެވެ. އިސްލާމިކް ބޭންކުން ބުނީ، މިއީ އެބޭންކްގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ހުޅުވި ގޮތްޕެއް ކަމަށެވެ.
 
އެމްއައިބީގެ ކުޅުދުއްފުށީ ގޮފި ހިންގަމުން ދަނީ، ކުޅުދުއްފުށީ އަމީނީ މަގުގައި ހުންނަ ޕެރިސްގޭގައެވެ. އެމްއައިބީއިން ބުނީ، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ޝަރީޢާ ހުއްދަކުރާ ޚިދުމަތްތައް މިގޮފިން ދެމުންގެންދާނެކަމަށެވެ. އަދި އެބޭންކުގެ އެހެން ގޮފިތަކުންދޭ ހުރިހާ ޚިދުމަތްތަކެއްވެސް މިގޮފިން ލިބެން ހުންނާނެކަމަށް އެބޭންކުން ބުނެއެވެ. 
 
އެމްއައިބީއިން މިއަދު ހުޅުވި މިގޮތްޕާއިއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްއައިބީގެ ފަސް ގޮފި ހިންގަމުންދާނޭކަމަށެވެ.