ޚަބަރު

ލޮނުޒިޔާރަތް މަގުގައި ހުރި ގަހެއްގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި


  • މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވޭ

ލޮނުޒިޔާރަތްމަގުގައި ހުރި ގަހެއްގައި ކާރަކުންޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލެ ލޮނުޒިޔާރަތް މަގުގައި ހުރި ގަހެއްގައި ކާރަކުންޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް މިއަދު ހެނދުނު 08:38 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

ފުލުހުން ވިދާޅުވީ މިއެކްސިޑެންޓުގައި ކާރު ދުއްވަންއިން މީހާ އެތަނުން ކާރު ނަގައި ކައިރި ހިސާބެއްގައި ކާރު ޕާކް ކުރުމަށްފަހު އެކްސިޑެންޓް ވިތަނަށް އެނބުރި ދިޔަކަމަށެވެ.

މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.