ޚަބަރު

ރާއްޖޭގެ ފުރަތަމަ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ފަށައިފި


  • ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު

  • މިކޮންފަރެންސް މިމަހުގެ 10 އިން 12 އަށް ކުރިއަށްދާނެ

  • ކުޑަކުދިންގެ އަދުލުގެ ނިޒާމާގުޅޭ މުހިންމު މަޝްވަރާތަކެއް އަދި ކަރުދާސްތަކެއް ހުށަހެޅިގެންދާނެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ފަށައިފިއެވެ. ވިލާ ނޯޓިކާގައި ކުރިއަށްގެންދާ މި ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަމާނުކުރުމާ ގުޅޭގޮތުން ބާއްވާ މި ކޮންފަރެންސް މިމަހުގެ 10 އިން 12 އަށް ކުރިއަށްދާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ. މިއީ ކަމާގުޅުހުންހުރި ހުރިހާ އިދާރާތައް ހިމެނޭހެން ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސްއެވެ. ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭގޮތުން ކުރިއަށްގެންދާ މިކޮންފަރެންސް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. ކޮންފަރެންސް ކުރިއަށްދަނީ ވިލާ ނޯޓިކާގައެވެ.

މި ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުންކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި މި ދާއިރާގައި ޙިއްސާވާ އެކި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގައި ހުރި ހިރާސްތައް މިހާރަށްވުރަށްވުރެ ކުޑަކުރެވޭނެގޮތްތައް ހޯދާ، އެކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެއްކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މި ކޮންފަރެންސްގައި، މި ދާއިރާއިން 8 ދިރާސީ ކަރުދާސް ހުށައެޅުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ކަމާ ގުޅުހުންރި އިދާރާތަކާއި ކޮލެޖު، ޔުނިވަރސިޓީއިން ހުށައަޅާ ޕޭޕަރުތައް ހިމެނެއެވެ. 2 ކީނޯޓް ސްޕީކަރުންވެސް މިކޮންފަރެންސްގައި ވާހަކަދެއްކެވުމަށްވަނީ ހަމަޖެހިފައެވެ.

ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ފުރަތަމަ ފަހަރަށް ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ޚާއްސަ ޤާނޫނެއް އެކުލަވާލާ ޢަމަލުކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގައެވެ. ޤާނޫނު ވުޖޫދުވީފަހުން މިދާއިރާ ހަރުދަނާކުރުމަށް އެކިއެކި ގޮތްގޮތުން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.