ޚަބަރު

ހުޅުމާލެއިން ވޭނެއް ބަލައިފާސްކޮށް ބަނގުރާކަމަށް ޝައްކުކުރެވޭ 40 ފުޅި އަތުލައިގެންފި


  • މިމައްސަލައާ ގުޅިގެން އިންޑިއާގެ ދެ ރައްޔިތަކުވަނީ ހައްޔަރުކޮށްފައި

ހުޅުމާލޭގައި ދުއްވާފައި ދިޔަ ވޭނެއް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 40 ފުޅި ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ރޭ ހުޅުމާލެ ފޭސް 1، މިދިލި މަގުން ދުއްވާފައި ދިޔަ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ 40 ފުޅި ފެނިފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން އިންޑިއާގެ ދެ ރައްޔިތަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 47 އަހަރުގެ ރާޖަގޯޕަލް ސެލްވަގަނަޕަތީ އާއި، އުމުރުން 27 އަހަރުގެ ތަލަޕަތީ ޕުގަޒެންދީއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އިތުރު ތަހުގީގަށްޓަކައި މިތަކެތި އަރުވައިގެން ދިޔަ ވޭން ޓޯކޮށްފައިވާކަމަށެވެ.