ޚަބަރު

ކްރިސްޓަލް ޕެލެސްއާއި ނޮޓިންހަމް ބައްދަލުކުރި މެޗު އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލެސްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އެކެއް އެކެއްގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.

މި ނަތީޖާއާއި އެކު މިވަތު ނޮޓިންހަމް ފްރެސްޓް އޮތީ 61 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ. ކްރިސްޓަލް ޕެލެސް އޮތީ 46 ޕޮއިންޓާއެކު ތާވަލުގެ ބާރަ ވަނައިގައެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑެއްޖަހާ ކުރިހޯދީ މެޗުގެ 60 ވަނަ މިނިޓްގައި ކްރިސްޓަލް ޕެލެސްގެ އެބެރޭޗީ އެޒޭއެވެ. އޭގެ ހަތަރު މިނިޓްފަހުން ފޮރެސްޓުގެ ބްރެޒިލް ތަރި މުރީޔޮ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ.

ދެޓީމުންވެސް ޕްރެޝަރު ބޮޑުކޮށް ކުޅެމުންދިޔަ މި މެޗުގައި އިތުރު ވަގުތުގެ ގޮތުގައި 8 މިނިޓް ކުޅެފައިވާއިރު 92 ވަނަ މިނިޓްގައި ޕެލެސްގެ އެޒޭ ވަނީ ނޮޓިންހަމްގެ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ބޯޅަ ފޮނުވާލާފައެވެ. އެހެންނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ރޭގެ މެޗުގައި އެދެވޭ ނަތީޖާއެއް ނުނެރެވި ދެ ޓީމު އެއްވަރުވުމާއެކު ނޮޓިންހަމް ފޮރެސްޓަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު ގެއްލިފައެވެ.