ޚަބަރު

ވާނީގައި ތަމްރީނު ހަދަމުންދިޔަ ފުުލުހެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފި


  • ހާލު ދެރަވެ ފަރުވާދެމުންދަނީ 34 އަހަރުގެ ފިރިހެން ރެކްރޫޓެއް

  • ހާލު ވަރަށް ސީރިއަސްކަމަށް ފުލުހުން ވިދާޅުވޭ

ދ. ވާނީ ފުލުހުންގެ ޓްރެއިނިންގ ސެންޓަރުގައި ތަމްރީން ހަދަމުންދިޔަ ފުލުހުގެއްގެ ހާލު ސީރިއަސްވުމާ ގުޅިގެން މާލެ ގެނެސް ފަރުވާދޭން ފަށާއިފިއެވެ.

ހާލުދެރަވެ ފަރުވާދޭން ފަށާފައިވަނީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގައި ތަމްރީނު ފުރިހަމަކުރަމުންދިޔަ 34 އަހަރުގެ ފިރިހެން ރެކްރޫޓެކެވެ.

ފުލުހުން ވިދާޅުވީ، އެކުއްޖާ މާލެ ގެނެސްފައިވަނީ ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށްކަމަށާއި، އޭނާގެ ހާލު ވަރަށް އަދިވެސް ސީރިއަސްކަމަށެވެ.

ފުލުހުން ވިދާޅުވީ އެނާއަށް މިއަދު މެންދުރުން ފެށިގެން ފަރުވާދެމުންދަނީ މިއަދު މެންދުރުން ފެށިގެންކަމަށެވެ.