އަންހެނުންގެ ލޯންގްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު ހަމްނާ އަޙްމަދު މުގުރާލައިފިއެވެ.
ހަންގޭރީގައި ކުރިއަށްދިޔަ އެ ގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ހަމްނާ މި ރިކޯޑު މުގުރާލީ ތިން މިނެޓު 3.69 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ގައުމީ ރިކޯޑު މީގެ ކުރިން އޮތީ އައިޝަތު ސާޖިނާގެ އަތުގައެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި 18 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ތިން މިނެޓު 4.53 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
މީގެ އިތުރުން ހަމްނާ ވަނީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑުވެސް މި މުބާރާތުގައި މުގުރާލާފައެވެ.