 
										
			ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސުން އަތުލައިގެންފިއެވެ. 
ކަސްޓަމްސްއިން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ 395 ގްރާމުގެ މަސްތުވާތަކެތި ކަމަށެވެ. އެއީ މަސްތުވާތެކީގެ ބާވަތެއް ކަމަށްވާ ކޮކެއިން ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. 
ކަސްޓަމްސްއިން ވިދާޅުވިގޮތުގައި އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 30ވަނަ ދުވަހުއެވެ. 
ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާއިރު މިދިޔަ މަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ސްރީލަންކާގެ ބޯޓަކުންވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބައި ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. 
ރާއްޖެއަށް އެކި ގޮތްގޮތުން މަސްތުވާކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ގެންދަވަނީ ހަރުކަށި ފިޔަވަޅުތައް އަޅުއްވަމުންނެވެ.