ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކެރޭނެއް ފުރޮޅާލައިފިއެވެ.
ފުލުހުން ވިދާޅުވީ މި ޙާދިސާގެ މަޢުލޫމާތު ފުލުހަށް ލިބިފައިވާކަމަށާއި، މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަގޮތުގައި ކެރޭނު ފުރޮޅާލާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި އެމްޕީއެލް ފްލެޓްތައް ކަރިންނެވެ.
މި ޙާދިސާގައި ލިބުނު ގެއްލުމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި މި ކެރޭނަކީ ކޮން މަސައްކަތެއްގައި ބޭނުންކުރަމުންދިޔަ ކެރޭނެއްކަމުގެ މަޢުލޫމާތުވެސް ލިބިފައެއް ނުވެއެވެ.