ޚަބަރު

ގެނބުނު ފަތުރުވެރިޔަކު ސަލާމަތްކުރަން ފޭބި ދިވެއްސަކު ނިޔާވެއްޖެ


  • މި ހާދިސާ ހިނގާފައިވަނީ އދ. ސެންޓާރާ ރިސޯޓުގައި

ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން ފޭބި ދިވެއްސަކު ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މަރުވީ އދ. ސެންޓާރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެމީހާ ސަލާމަތްކުރަން މޫދަށް ފޭބި 39 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާއަށް ދަނގެތި ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާކަމަށް މިއަދު ހެނދުނު 11:05 ހާއިރު ރިޕޯޓުކޮށްފައިވާކަމަށާއި، ނަމަވެސް ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތުދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މަރުވީ 39 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.