ޚަބަރު

މަސްތުވާތަކެތީގެ މައްސަލާއިގައި ހައްޔަރުކުރި 5 މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި


  • 5 މީހުން ހައްޔަރުކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން

  • އެމީހުން ތިބި އެޕާޓުމެންޓުން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓުތަކެއް ފެނިފައިވޭ

ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 5 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ 5 ފިރިހެނުންނެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ މީހުންތިބި އެޕާޓްމަންޓު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 29 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.