ޚަބަރު

އިންތިޚާބުގެ ވޯޓުގުނާ ނަތީޖާ އިޢުލާން ކުރަން ފަށައިފި


  • 6:00 އިން ފެށިގެން، ވޯޓުލާ ނިމުނު ފޮށިތަކުގެ ވޯޓުގުނުން ދަނީ ކުރިއަށް

  • ބައެއް ފޮށިތަކުގެ ނަތީޖާ އިއުލާން ކުރަން ފަށައިފި

މިއަދު ކުރިއަށްދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުގުނާ ނަތީޖާ އިޢުލާންކުރަން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ 5:30 ގައި ހުރިހާ މަރުކަޒެއްގެވެސް ކިޔު ބަންދުކުރެވިފައިވާކަމަށެވެ. ކިޔު ބަންދުކުރެވުނު އިރު 213156 މީހުން ވޯޓުލާފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

5:00 ގައި އިލެކްޝަންސް ކޮމިޝަނުން ނެރުނު ތަފާސްހިސާބު ދައްކާ ގޮތުން ވޯޓު ލީ މީހުންގެ ނިސްބަތް ހުރީ %72.96 ގައެވެ. އަދިވެސް ބައެއް ސެންޓަރުތަކުގައި ކިޔޫ އޮތުމުން އެ އަދަދު މައްޗަށް ދާނެކަމަށް ކޮމިޝަނުން ލަފާކުރެއެވެ.

މިފަހަރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 284،663 އެވެ.