ޚަބަރު

ފުވައްމުލައް ސިޓީން ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުޙަބާއެއް


  • ރައީސަށް މަރުޙަބާ ދެންނެވުމުގައި ގިނަ ބަޔަކު ބައިވެރިވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ. އެ ސިޓީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގައި އެ ސިޓީގެ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. އެއަރޕޯޓް ސަރަޙައްދަށް އެއްވި އާންމުންނާއި ސަލާމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީއަށް ވަޑައިގެންފައިމިވަނީ ރާއްޖޭގެ އެކި ރަށްރަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިންނެވެ. ފުވައްމުލައް ސިޓީއަށް ކުރައްވާ މިދަތުރުފުޅުގައި އެ ސިޓިގައި މިރޭ އޮންނަނަ ސިޔާސީ ހަރަކާތެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ގެދޮރުވެރިކުރުވުމާއި، ރައްޔިތުން ފުދުންތެރިކުރުވުން ހިމެނެއެވެ.