ޚަބަރު

ފިޠުރު ޒަކާތް ބަލައިގަތުމުގެ ސުންގަޑިތައް އާއްމުކޮށްފި


  • އޮންލައިންކޮށް ފަސޭހައިން ޒަކާތް ދެއްކޭނެ

  • އޮންލައިންކޮށް ދައްކަން އުނދަގޫ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސަވާފައި

ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް މޯލްޑިވްސް ޒަކާތު ހައުސްއިން އާއްމުކޮށްފިއެވެ.

އާއްމުންނަށް ފަސޭހައިން ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު އެކި ޕްލޭޓްފޯމްތަކުން އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް އޭގެތެރޭގައި ހިމެނެއެވެ. އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.

ޒަކާތު ހައުސްއިން މިހާރު ވަނީ ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް އާއްމުކޮށްފައެވެ.

ފިޠުރުޒަކާތް ބަލައިގަތުމުގެ ސުންގަޑިތައް

- ބަނޑޭރި ޕޭ ފިޔަވައި އެހެން ޕްލެޓްފޯމްތަކުން
އޭޕްރީލް 6ވަނަ ދުވަހުގެ 23:59
- ބަނޑޭރިޕޭ
ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00
- އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ބެހެއްޓިފައިވާ ކައުންޓަރުތަކުން
ރަމަޟާންމަހުގެ ފަހު ދުވަހުގެ 14:00
- ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުން
ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.

ޒަކާތާމެދު ހޭލުންތެރިކަން އުފައްދާ ޒަކާތް ބަލައިގަތުމުގެ މަސައްކަތް ހަރުދަނާކުރުމަށް ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އުފައްދަވާފައެވެ.