ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު


  • ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ ރޭ 07:45 އެހައިރު

  • އޭނާ ގެއްލުނީ ހުޅުމާލެއިން

  • ފެނިފައިވަނީ މާލެއިން

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ 13 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދެވެ. އޭނާ މިހާރު އުޅެނީ ހުޅުމާލެ ފޭސް 2، އެޗް 12ގައިކަމަށާއި އާއިލާއަށް ޚަބަރެއްނުވެގެން ގެއްލިފައިވާ ކަމަށް އާއިލާއަށް ރިޕޯޓްކޮށްފައިވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ ރޭ 07:45 އެހައިކަންހާއިރުކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ މިއަދު މެންދުރު 12:15 ހާއިރު މާލެއިން އެ ކުއްޖާ ފެނިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއްވައެވެ.