ޚަބަރު

ހުޅުމާލެ ފޭސް 3 ގައި ބިނާވެށި ތަރައްގީ ކުރުމަށް ސީއެމްއީސީއަށް


  • މިއެއްބަސްވުމާއެކު ފޭސް 3ގައި ކަރަންޓު ނެޓްވޯކްގެ މަސައްކަތް ފުރިހަމަވާނެ

  • މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ

ހުޅުމާލެ ފޭސް 3 ގައި ބިނާވެށި ތަރައްގީ ކުރުމަށް ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޮމްޕެނީ ސީއެމްއީސީއާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހަވާލުކޮށްފިއެވެ.

މިއެއްބަސްވުމުގެ ދަށުން ފޭސް 3 ގައި ކަރަންޓު ނެޓްވޯކްގެ މަސައްކަތް ފުރިހަމަކޮށް ފޯނާއި ނެޓްވޯކް ފަދަ ޚިދުމަތްތައް ގޭބީސީތަކަށް ގުޅައިދިނުމަށް ބޭނުންކުރާ ޖީޕޮން ނެޓްވޯކް އަޅާނެއެވެ. އަދި މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި މަގުތައް ތަރައްޤީ ކުރާނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވެވޭނެ ގޮތަށެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމްވެސް އިތުރަށް ފުރިހަމަވާނެގޮތަށް ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި ސީއެމްއީސީގެ ފަރާތުން ސޮއިކުރީ ސީއެމްއީސީ ޖެނެރަލް މެނޭޖަރ އަދި ޗީފް ރެޕްރެޒެންޓޭޓިވް ޖިއޭން ހައުޖުންއެވެ.