ޚަބަރު

ޤަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތް ކުރާ ގޮޅިތަކުގެ ވެރިން ޖޫރިމަނާ ކުރަނީ


  • 9 ގޮޅިއެއްގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވޭ

  • ފުރަތަމަ ޖޫރިމަނާ ކުރަނީ 2000 ރުފިޔާއިން

  • އިތުރަށް ތަކުރާރުވާނަމަ ސިޓީ ކައުންސިލަށް ގޮޅި ނަގާނެ

ދަތުރުވެރިންގެ މާރުކޭޓުގައި ފާސްނެތި ބިދޭސީން މަސައްކަތް ކުރާ ގޮޅިތަކުގެ ވެރިން ޖޫރިމަނާކުރަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓުގައި ފާސްނެތި ބިދޭސީން މަސައްކަތް ކޮށްފައިވާ 9 ގޮޅިއެއްގެ ވެރިފަރާތް މި މަހުގެ މިހާތަނަށް ޖޫރިމަނާ ކޮށްފައި ވާކަމަށެވެ.

މި މާރިޗު މަހުގެ މިހާތަނަށް މާރުކޭޓުގެ ގޮޅިތަކުގައި، ޤަވާޢިދާ ޚިލާފަށް ބިދޭސީން މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން އެގޮތުން މިހާތަނަށް 9 ގޮޅިއެއްގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައި ވާކަމަށް މާލެސިޓީ ކައުންސިލުން ވިދާލުވިއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ޤަވާއިދާ ހިލާފަށް ބިދޭސީން ބައިތިއްބައިގެން ވިޔަފާރި ކުރާ ގޮޅިތަކުގެ ވެރިން ޖޫރިމަނާ ކުރަނީ ފުރަތަމަ ފަހަރު 2000 ރުފިޔާއިން ކަމަށާއި، އެކަން ތަކުރާރުވާނަމަ ރެޑް ނޯޓިސްއާޢި އެކު 4000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށެވެ. އަދި ތިންވަނަ ފަހަރަށް އެކަން ތަކުރާރު ވެއްޖެނަމަ ޤާނޫނުން ލިބިފައިވާ ބާރާއިއެކު ސިޓީ ކައުންސިލަށް ގޮޅި ނެގޭނެ ކަމުގައިވެއެސް އެކައުންސިލުން ވިދާޅުވިއެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދިވެހިންގެ ނަމުގައި ހުއްޓަސް އެތަންތަން ހިންގުމުގެ މަސައްކަތުގައި ގިނަ އަދަދަކަށް ބިދޭސީން ތިބެއެވެ. ގޮޅިތަކުގައި ގެންގުޅޭ އަތް ގާތްކޮށްދޭ މީހާގެ އިތުރުން ފައިސާގެ ކަންކަން ބެލެހެއްޓުމުގައިވެސް ތިބެނީ ބިދޭސީންނެވެ. މިފަދަ ތަންތަނުގައި އުސޫލުތަކާއި ޚިލާފަށް ބިދޭސީން ތިބޭ މައްސަލަ ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ.

ދިވެހިންގެ އަމިއްލަ ވަންތަކަން ދައްކައިދޭ ވިޔަފާރިތަކާއި މަސައްކަތްތައް ބިދޭސީންގެ އަތްމައްޗަށް ގޮސް ނިމޭކަމުގެ ކަންބޮޑުވުން ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ. ލޯކަލް މާރުކޭޓުގެ އިތުރުން މަސް މާރުކޭޓުގައިވެސް ބިދޭސީންތިބޭއިރު، މަސް ދޯނިތަކުންވެސް ފެންނަނީ ބިދޭސީންނެވެ.