ޚަބަރު

އައްޑޫ ސިޓީގައި ރޭ ތޫނު އެއްޗަކުން ޙަމަލާދީ ޒުވާނަކު މަރާލައިފި


އައްޑޫ ސިޓީގައި ރޭ ތޫނު އެއްޗަކުން ޙަމަލާދީ ޒުވާނަކު މަރާލައިފިއެވެ. ރޭ މަރަދޫފޭދޫގައި ހިނގި މާރާމާރީގައި މަރުވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ މަރަދޫފޭދޫގައި ތޫނު އެއްޗަކުން ޙަމަލާދީ މާރާމާރީ ހިންގައިފައިވާކަމުގެ ރިޕޯޓް ރޭ 23:38 އެހާއިރު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މި މާރާމާރީގައި ޒަޚަމްވި ޒުވާނާ މަރުވީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ތަޙުޤީގު ކުރައްވަމުން އަންނަކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.