ޚަބަރު

އިންޖެކްޝަން ބެޗެއްގައި ކޮލިޓީގެ މައްސަލައެއް ފާހަގަކުރެއްވިގެން ބޭނުންކުރުން މަނާކުރައްވައިފި


ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލައެއް ފާހަގަކުރެއްވިގެން އެ ބޭނުންކުރުން މަނާކުރައްވައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން) ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ ވައްތަރުގެ ބެޗު ނަމްބަރު RP21311 ރާއްޖެ އެތެރެކޮށް، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

އެ ބޭހުގެ RP21311 ބެޗު އެއްވެސް ފާމަސީއަކުން ނުވަތަ ޞިއްޙީ ޚިދުމަތް ދޭ ތަނެއްގައި ހުރިނަމަ އެކަން އެއޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅައި އަންގައިދިނުމަށް އެމްއެފްޑީއޭއިން އެދިވަޑައިގަނެއެވެ.

އެ އިދާރާއިން ވިދާޅުވީ ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕޯޓްތައް ޚާއްޞަ ސަމާލުކަން ދެއްވައިގެން ބަލައި ފާސްކުރައްވާނެ ކަމަށެވެ.