ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އިޢުލާންކުރައްވައިފިއެވެ. 
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މަޖިލީހުގެ ނާއިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވެވަޑައިގެންފައިވާކަން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ. އަދި އެމެމްބަރުންގެ ނަންފުޅުތައް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން އުނިކުރައްވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގަވާފައިވަ ކަމަށް އީވާ ވިދާޅުވިއެވެ. 
		
			* ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ
* ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް
* ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
* އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު 
* މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ 
* މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު 
* ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް
* މަޑަވެލީ ދާއިރާ މެންބަރު ޙުސައިން ފިރުޝާން
* ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލްލަޠީފު
* ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު
* ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން 
* މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު 
އެމްޑީޕީގެ 12 މެމްބަރަކު ޕާޓީން ވަކިވުމާއެކު މަޖިލީހުގައި ހިމެނޭ ޕާޓީތަކާއި މިނިވަން މެމްބަރުންގެ އަދަދުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. 
		
			* އެމްޑީޕީ 55 މެމްބަރުން
* ޕީޕީއެމް 5 މެމްބަރުން
* ޕީއެންސީ 3 މެމްބަރުން
* އެމްއެންޕީ 3 މެމްބަރުން
* ޖުމްހޫރީ ޕާޓީ 2 މެމްބަރުން 
* އެމްޑީއޭ 2 މެމްބަރުން 
* މިނިވަން 17 މެމްބަރުން 
މިބަދަލާއެކު މަޖިލީހުގެ ކޮމެޓީތަކުގައި މެމްމަބަރުން ތަމްސީލް ކުރައްވާ ގޮތްތަކަށް ވެސް ބަދަލުތަކެއް އަންނާނެއެވެ. އަދި މަޖިލީހުގައި މެމްބަރުން ވާހަކަފުޅު ދައްކަވާ ވަގުތަށްވެސް ބަދަލުތަކެއް އަންނާއެވެ. މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ އެބަދަލުތައް ތަޅުމުގައި އިއުލާން ކުރައްވާނެ ކަމަށެެވެ.