ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ފަތުރުވެރިކަމަށް ކުރިއެރުން


ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާ ކޯވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރުގެ ކުރިން އޮތް މިންވަރަށް ކުރިއަރާފައިވާކަމަށް ޗައިނާގެ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.

ފަތުރުވެރިކަން ބޮޑަށް ކުރިއަރާފައިވަނީ މިމަހުގެ 1 ވަނަ ދުވަހު މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އައި ބަންދުގެ ސަބަބުންނެވެ. އަދި އެ ދުވަސްތަކުގެ ތެރޭގައި ޗައިނާއަށް 274 މިލިއަން ފަތުރުވެރިން ދަތުރުކުރިކަމަށް އެ ވުޒާރާއިން ބުނެއެވެ. މިއީ 2019 ވަނަ އަހަރު ފެތުރެން ފެށި ކޯވިޑުގެ ބަލިމަޑުކަން ފެށުމުގެ ކުރިން ޗައިނާގެ ފަތުރުވެރިކަން ކުރިއަރާފައި އޮތް މިންވަރަށްވުރެ %20 އިތުރު އަދެކެވެ.

ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގައި ފަތުރުވެރިން 21 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ފެނުނު އަދަދުގެ ދެގުނައަށް ވުރެ އިތުރު އަދަދެކެވެ. އަދި ކޮންމެ ދުވަހަކު އެވްރެޖްކޮށް 1.2 ޗައިނާ މީހުން އެ ދުވަސްވަރު ޗައިނާއިން ބޭރަށް ދަތުރުކުރިކަމަށް ދައުލަތުގެ މީޑިއާތަކުން ބުނެއެވެ. އެއީ މިދިޔަ އަހަރަށްވުރެ 2 ގުނަ އިތުރު އަދަދެކެވެ. އެ މީހުން ޗައިނާގެ މެއިންލޭންޑްގެ ފަތުރުވެރިން ހޮންހޮންކޮންގް، ތައިލެންޑް އަދި ސިންގަޕޫރު ފަދަ މަންޒިލްތަކަށް ދަތުރުކުރި ދުވަސްވަރެވެ.

ޗައިނާގެ ފަތުވެރިކަމާއިބެހޭ އެކަޑަމީގެ ރައީސް ޑައި ބިން، ޝިންހުއާއަށް މިއީ ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައި ބަދަލެއްގެ ގޮތުގައި ބެލެވިދާނެކަމަށެވެ. ނަމަވެސް ޤައުމުން ބޭރަށް ދަތުރުކުރާ ޗައިނާގެ ފަތުރުވެރިންގެ އެއާލައިން ބުކިންތައް އަދިވެސް ހުރީ ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރުގެ ދެބައިކުޅަ އެއްބަޔާއި އެއްވަރުގެ އަދަދެއްގައިކަމަށް ޓްރެވަލް ޑޭޓާ ފާމްފޯވާޑްކީސްއިން ބުނެއެވެ.

ބުދަދުވަހު ނިމުނު މޭ ޑޭ ބްރޭކަކީ ޗައިނާގެ އެންމެ މުހިންމު އެއް ގައުމީ ބަންދެވެ.

އެ ދުވަސްވަރު ދަތުރުފަތުރާއި ހަރަދުތައް ފުޅާ ދާއިރާއެއްގައި މޮނިޓަރ ކުރިއިރު، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ޗައިނާއިން ކޯވިޑުގެ ބަލިމަޑުކަމުން އަރައިގެންފައިވާކަމުގެ ނިޝާންތައް ފެށުނެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ރައްކާތެރިވުމުގެ ގޮތުން ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލުމާއި ގުޅިގެން އަނެއްކާވެސް މީހުން ޚަރަދުކުރަން ފަށާފައިވާކަމުގެ ނިޝާންތައް އޮފިޝަލުން އަންނަނީ ހޯދަމުންނެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން ޗައިނާއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އެގޮތުން ކޮންމެ އަހަރަކު 150 މިލިއަނަށްވުރެ ގިނަ ޗައިނާ މީހުން ޗައިނާއިން ބޭރަށް ދަތުރުކުރެއެވެ.