ޚަބަރު

ސަލްމާންގެ ފިލްމުގެ ކުރިން ލަވައެއް ދައްކާލަނީ


އަންނަ އޭޕްރީލް 21 ވަނަ ސިނަމާތަކަށް ގެންނަން ތައްޔާރުވެފައިވާ ސަލްމާން ޚާންގެ ފިލްމު "ކިސީ ކީ ބައި ކިސީ ކީ ޖާން" އެޅުވުމުގެ ކުރިން އޭގެ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފިއެވެ.

މިއަދު ރިލީޒްކުރަން ހަމަޖެހިފައިވާ މި ލަވައިގެ ޓީޒާއެއް މިހާރު ވަނީ ދޫކޮށްލާފައެވެ. އެ ޓީޒާ ސޯޝަލް މިޑިއާގައި ހިއްސާކޮށް ސަލްމާން ބުނީ ލަވަ މިއަދު އާންމުންނަށް ދޫކޮށްލާނެ އެވެ.

"ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ ޓްރެއިލާގެ ވެސް ކުރިން ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު، އަލަށް ދޫކޮށްލި މި ލޯބީގެ ލަވައިގެ ނަމަކީ "ނައި ލަގްދާ" އެވެ. ހިމޭޝް ރޭޝަމިއާގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ކަމާލް ޚާނާއި ޕަލަކް މުއްޗަލް އވެ.

ސަލްމާނާއި އެކުގައި މި ލަވައިން ފެންނާނީ ޕޫޖާ ހެގްޅޭއެވެ. "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އަކީ ފަރުހާދު ސަމްޖީ ލިޔެ، ޑައިރެކްޓްކޮށްފައިވާ އެކްޝަން ފިލްމެކެވެ.

މީގެ ކާސްޓްގައި "ބިގް ބޮސް 13" ކާމިޔާބުކުރި ޝެހެނާޒް ގިލް ސަނާ އާއި ޖައްސީ ގިލް އާއި ރާގަން ޖުޔަލް އާއި ޕަލަކް ތިވާރީ އާއި ސިދާތު ނިގާމް އާއި ބަގިޔާޝްރީ އާއި ބޫމިކާ ޗާވްލާ އާއި ވެންކަޓޭޝް އަދި ޖަގަޕަތީ ބާބޫ ހިމެނެއެވެ.