އިންފްލޭޝަން މައްޗަށް ދިޔަ ނަމަވެސް ދަތުރުފަތުރު އިތުރުވެ، އެމެރިކާގެ ކާޑު ކުންފުންނީގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފިއެވެ. 
ކުންފުނިތަކުގެ ވިޔަފާރި ދަތުރުތަކާއި ޗުއްޓީ ދަތުރުތައްވެސް އިތުރުވެ، ވިސާ އިންކް، މާސްޓަކާޑް އަދި އެމެރިކަން އެކްސްޕްރެސްގެ ވިޔަފާރިވެސް ރަނގަޅުވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ. 
ޓްރެވަލް އިންޝުއަރެންސް އެގްރިގޭޓަރ ސްކުއަރމައުތު ޑޮޓްކޮމްގެ ރިޕޯޓެއްގައިވާ ގޮތުން ދަތުރުފަތުރަށް އޮތް ޑިމާންޑް އިތުރުވެ، 2021 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރު އެމެރިކާގައި ދަތުރުކުރާ މީހުން ޚަރަދުކުރާ މިންވަރު ވަނީ %35އަށް އިތުރުވެފައެވެ. 
އެމެރިކަން އެއަރލައިންސް، ޔުނައިޓެޑް އެއަރލައިންސް ހޯލްޑިންގްސް އަދި ޑެލްޓާ އެއަރލައިންސް އިންވެސް އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ފައިދާވާނެ ކަމަށް ލަފާކޮށްފައިވާއިރު ދަތުފަތުރަށް ކުރާ ޚަރަދުވެސް އިތުރުވެގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. 
އެމެރިކަން އެކްޕްރެސްގެ މިއަހަރުގެ ހިއްސާގެ އަގު %12 އަށް ދަށްވެފައިވާއިރު، މާސްޓަރ ކާޑުގެ ހިއްސާގެ އަގު %17 އަށް އަދި ވިސާ ކާޑުގެ ހިއްސާގެ އަގުވަނީ  %14އަށް ވެއްޓިފައެވެ.