 
										
			ހެންވޭރުގެ ގެއެއްގައި ބަނގުރާ ކައްކަމުން ދަނިކޮށް އަތުލައިިގެންފިއެވެ. 
ފުލުހުން ވިދާޅުވިގޮތުގައި ބަނގުރާ ކައްކަމުން ދިޔައީ ހ.ރޯޝަނީ މަގުގައިހުރި ގެއެއްގައެވެ. އެ މައްސަލަ ފެންމަތިވީ އެ ގެއިން ދުން އަރަމުންދާތީ މިއަދު ހެނދުނު 6:15 ހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.  
ފުލުހުންނާއި އެމްއެންޑީއެފް އިން އެ ސަރަހައްދަށް ގޮސް ދުން އަރަމުންދިޔަ ގޭ ދޮރުގައި ޓަކި ޖެހުމުން، ދޮރު ނުހުޅުވާ ކަމަށާ، އޭރުވެސް ދުން އަރަމުން ދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންވެ ބާރުގެ ބޭނުންކޮށްގެން އެތަނަށް ވަދެ ބެލިއިރު ބަނގުރާ ކައްކަނީއެވެ. 
ފުލުހުން ވިދާޅުވީ ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުވެސް އެ ގޭތެރެއިން ފެނިފައި ކަމަށާއި، މިހާރު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.