ކަރީނާ ކަޕޫރް ޚާން އެންމެ ފަހުން ފެނުނު ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ބޮޑު ނާކާމިޔާބީއަށްފަހު އަނެއްކާވެސް އައު ފިލްމަކުން ފެންނަން ކަރީނާ ތައްޔާރުވެއްޖެއެވެ. 
ކަރީނާގެ މި ފަހަރުގެ ފިލްމަކީ ރިއާ ކަޕޫރުގެ ފިލްމެކެވެ. އަދި މިއީ ވިމެން ސެންޓަރިކް ފިލްމެއްކަމަށްވެސް ކަރީނާ ބުނެއެވެ.
 
މީގެކުރިން އަޑިއިވިފައިވާގޮތުގައި ރިއާ ދެން އެންމެ އަވަހަށް އުފައްދާނީ 2018 ވަނަ އަހަރު ދެއްކި ފިލްމު "ވީރޭ ދެ ވެޑިންގް" ދެވަނަ ބައެވެ. މި ފިލްމުގައި ކަރީނާ، ސޯނަމް ކަޕޫރު، ސުވަރާ ބާސްކަރް އަދި ޝިކާ ތަލްސާނިއާވެސް ފެނެއެވެ. 
ކަރީނާގެ ކުރިއަށްއޮތް ފިލްމަކީ ރިއާގެ ފިލްމެއްކަމަށް ބުނުމުން އެންމެވެސް ހީކުރީ އެއީ "ވީރޭ ދެ ވެޑިން" ގެ ދެވަނަ ބައި ކަމަށެވެ. ނަމަވެސް ކަރީނާ ބުނީ މިއީ މުޅިން އެހެން ފިލްމެއް ކަމަށެވެ. އަދި އޭނާގެ އިތުރުން އެހެން ތަރިންތަކެއްވެސް ފެންނާނެކަމަށް ކަރީނާ ބުނެއެވެ.
ކަރީނާ ދެން އެންމެ އަވަހަށް ފެންނާނީ ޖަޕާނު ބަހުން ލިޔެފައިވާ ފޮތް ދަ "ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސުޖޯއީ ގޯޝްގެ ތްރިލާ އިންނެވެ.