 
										
			ކޯވިޑާއެކު 2020ވަނަ އަހަރުން ފެށިގެން މިހާތަނަށް އިތުރު 573 މީހުން ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓަށް އިތުުރުވެފައިވާ ކަމަށް އޮކްސްފެމުން ހާމަކޮށްފިއެވެ.
މަޝްހޫރު ރިސާޗް ފާމެއް ކަމަށްވާ އޮކްސްފެމް އިންޓަރނޭޝަނަލްއިން ޢާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި މިހާރު ބިލިއަނަރުންގެ ރޭންކުގައި 2668 މީހުން އެބަތިއްބެވެ. 
އޮކްސްފެމުގެ ރިޕޯޓުގައި ބޭނުންކޮށްފައިވަނީ ފޯބްސްގެ ޑޭޓާއެވެ. އަދި  މި ރިޕޯޓުގެ މައިގަނޑު އަމާޒަކީ  ފާއިތުވީ ދެ އަހަރުދުވަހުގެތެރޭ އާމްދަނީގެ ފަރަގަށް އައިސްފައިވާ ބަދަލުތަށް ގެނެގަތުމެވެ. 
އެކްސްފެމުން ހާމަކުރާގޮތުގައި ޕެންޑަމިކާއި އެކު ދުނިޔޭގެ ހުރިހާ ބިލިއަނަރުންގެ ޖުމްލަ ނެޓް ވޯތު ވަނީ 3.8 ޓްރިއަން ޑޮލަރުން 12.7 ޓްރިލިއަން ޑޮލަރަށްވަނީ އަރާފައެވެ. މިއީ %42ގެ އިތުރުވުމެކެވެ. 
ބިލިއަނަރުންގެ ޢާމްދަނީއަށް އެންމެބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޕެންޑަމިކްގެ ފުރަތަމަ އަހަރުގެތެރޭއެވެ. އަދި މިހާރު އާމްދަނީ އިތުރުވާ މިންވަރު ދަށްވެފައިވާ ކަމަށެވެސް އެކްސްފެމްގެ ރިޕޯޓުގައި ބުނެފައިވެއެވެ. 
އޮކްސްފެމުން މިދިޔަ މަހުގެތެރޭ ނެރެފައިވާ ރިޕޯޓެއްގައިވެސްވަނީ ޢާމްދަނީގެ ފަރަޤު ބޮޑުވަމުން ދިޔުމާގުޅިގެން އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާ ކަން ފާހަގަކޮށްފައެވެ. އެގޮތުން ކާބޯތަކެތީގެ އަގުތައް އުފުލެމުންދާއިރު، 263 މިލިއަން މީހުން މިއަހަރުތެރޭ ފަޤީރު ހާލަތަށް ދާނެކަމަށް ވަނީ ލަފާކޮށްފައެވެ. 
ޢާމްދަނީގެ ފަރަޤު ބޮޑުވަމުންދާއިރު، މިކަމަށްއޮތް އެންމެ ބޮޑު ހައްލަކީ ޤައުމުތަކުން މުއްސަދިންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކުރުން ކަމަށް އޮކްސްފެމުން ހާމަކުރެއެވެ.