މުނިފޫހިފިލުވުން

ތާޕްސީގެ "ދޮބާރާ" އޮގަސްޓްމަހު


2018 ވަނަ އަހަރު ދެއްކި އޯރިއޮލް ޕޯލްސްގެ ސްޕެނިޝް ފިލްމު "މިރޭޖް" ގެ މައްޗަށް އުފައްދާ ހިންދީ ފިލްމު "ދޮބާރާ" ރިލީޒްކުރަން އަންނަ އޯގަސްޓު މަހަށް ތާވަލުކޮށްފިއެވެ.

މިދިޔަ އަހަރު ޓީޒާވެސް ދައްކާލާފައިވާ "ދޮބާރާ" އަކީ އަނޫރާގް ކަޝަޕް ޑައިރެކްޓްކޮށް އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. މީގެ ޓީޒާއަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު މިއީ މިއަހަރު އެންމެ އިންތިޒާރުކުރާ އެއް ފިލްމުކަމުގައިވެސް މިހާރު ވަނީ ވެފައެވެ.

މީގެ މުހިންމު ކާސްޓުންގެ ތެރޭގައި ތާޕްސީ ޕަންނޫ އާ ޕަވާލީ ގުލާތީ ހިމެނެއެވެ. ޕަވާލީ ވަނީ މީގެކުރިން 2020 ވަނަ އަހަރު ދެއްކި "ތައްޕަޅު" ގައިވެސް ތާޕްސީ އާއިއެކު މަސައްކަތްކޮށްފައެވެ.

އަދި މިއީ "ގޭންގްސް އޮފް ވަސައިޕޫރު" ، "ބޮމްބޭ ވެލްވެޓް" ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައިވާ އަނޫރާގާއިއެކު ތާޕްސީ މަސައްކަތްކުރާ ތިން ވަނަ ފަހަރެވެ. މީގެކުރިން އަނޫރާގް ޑައިރެކްޓުކުރި "މަންމަރުޒިޔާން" އަދި އަނޫރާގް ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ސާންޑް ކީ އާންކް" ގައި ތާޕްސީ ވަނީ މަސައްކަތްކޮށްފައެވެ.

ތާޕްސީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަޖޭ ބާލް ޑައިރެކްޓުކޮށް މިއަހަރު ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "ބްލާ" އަންނަ އޮކްޓޫބަރު ރިލީޒްކުރަން ހަމަޖައްސާފައިވާ ރާޖްކުމާރު ހިރާނީގެ "ޑަންކީ" އަދި އަންނަ ޑިސެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ތަޅްކާ" ހިމެނެއެވެ.