މުނިފޫހިފިލުވުން

"ކޭޖީއެފް 2" ބަލަން މީހަކު 145 ކިލޯމީޓަރަށް ހިނގައިފައި


އިއްޔެ ރިލީޒްކުރި ކަނަޑާ ފިލްމު "ކޭޖީއެފް ޗެޕްޓާ 2" ބަލަން 145 ކިލޯމީޓަރަށް މީހަކު ހިގައިފިއެވެ.
ފިލްމުގެ ލީޑް އެކްޓަރ ޔަޝްގެ ފޭނެއް ކަމަށްވާ އުމުރުން 19 އަހަރުގެ މި މީހާ ހިނގީ އިންޑިއާގެ ވެސްޓް ބެންގާލުން ކޮލްކަތާއަށެވެ. އޭނާ ދިޔައީ ކޮލްކަތާގައި ހުންނަ ނަވީނާ ސިނަމާއަށެވެ.

"ކޭޖީއެފް 2" އަކީ ހެވީ ޑިއުޓީ އެކްޝަން އެކްޝަން ތްރިލާއެކެވެ. ޕްރަސާންތް ނީލް ޑައިރެކްޓުކޮށްފައިވާ މި ފިލްމުގައި ޔަޝްގެ އިތުރުން ސަންޖޭ ދަތް، ސްރީނީދީ ޝެޓީ، ރަވީނާ ޓަންޑަން އަދި ޕްރަކާޝް ރާޖްވެސް ފެނެއެވެ.

100 ކްރޯޑް ރުޕީސް އިން އުފައްދާ މި ފިލްމަކީ މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ކަނަޑާ ފިލްމެވެ. ކަނަޑާ ބަހުގެ އިތުރުން ހިންދީ ، ތެލުގޫ، ތަމަޅަ އަދި މަލަޔާލަމް ބަހުންވެސް މި ފިލްމު ވަނީ ޑަބްކޮށްފައެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ހައިދަރުއާބާދު، ބެންގަލޫރު އަދި މައިސޫރުގައެވެ.