މުނިފޫހިފިލުވުން

ޖޯން ސީނާގެ "އޮފިސަރ އެކްސްޗޭންޖް" އެމެޒޯން އަށް ވިއްކާލައިފި


އެކްޝަން ކޮމެޑީ ފިލްމެއް ކަމުގައިވާ "އޮފިސަރ އެކްސްޗޭންޖް" އެމެޒޯން އަށް ވިއްކާލައިފިއެވެ. މަޝްހޫރު ރެސްލިން ކުޅުންތެރިޔާ ޖޯން ސީނާ ފެނިގެންދާނެ މި ފިލްމުގެ މަސައްކަތް އަދި ނުފަށައެވެ.

'ސޫސައިޑް ސްކްއިޑް" ގެ ތަރި ސީނާ އަކީ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރެވެ. ޝެޕާޑްގެ ރޯލުން ސީނާ ފެންނާނީ އިންޑިއާގެ ޕޮލިސް އޮފިސަރަކާއިއެކު ޑައިމަންޑް ސްމަގްލް ކުރާ ބަޔަކު ހުއްޓުވުމަށް މަސައްކަތްކުރާތަނެވެ.

ސޭފްރަން ކުންފުނީގެ ބޭނާގެ ދަށުން މި ފިލްމު ޕްރޮޑިއުސް ކުރާނީ ޕީޓާ ސެފްރާން އާއި ޖޯން ރިކާޑް އެވެ. ޖޯން ރިކާޑް އަކީ ސީނާގެ "ޕީސްމޭކާ" ގެ ވެސް ޕްރޮޑިއުސަރެވެ. އަދި ސެފްރާން އަކީ "ޕީސްމޭކާ" ގެ އެކްޒެކްޓިވް ޕްރޮޑިއުސަރެވެ.
ޑައިރެކްޓަރަކީ އަދި ކާކު ކަން އިއުލާނު ނުކުރާ މި ފިލްމު ސްކްރިޕްޓް ލިޔެފައިވަނީ ޝެރެލޮކް ނޯމްސް، ބެން ޒެޒޯވޭ އަދި "ސެންޓާ އޮފް ދި އާތް" ގެ ޕްރޮޑިއުސާ އިވާން ޓާނާއެވެ.

ޕްރޮފެޝަނަލް ރެސްލާ އެއްގެ ގޮތުގައި މަޝްހޫރުވި ޖޯން ސީނާ އެންމެ ފުރަތަމަ ފިލްމެއް ކުޅުނީ 2006 ވަނަ އަހަރުއެވެ. އެއީ 'ދަ މެރިން" ކިޔާ ފިލްމެކެވެ. އޭގެ ފަހުން ސީނާ ގިނައިން ކުޅެފައިވަނީ މަޖާ ރޯލުތަކެވެ. "ޓްރެއިންރެކް" ، "ސިސްޓާސް" އަދި "ޑެޑީސް ހޯމް" 1 އަދި 2 ވެސް މިއީ މިގޮތުން ފާހަގަކޮށްލެވޭ ފިލްމުތަކެވެ. މީގެއިތުރުން "އެފް 9" ، "ބަމްބަލެބީ" އަދި "ބްލޮކާސް" އަކީވެސް ސީނާގެ ފާހަގަކޮށްލެވޭ ފިލްމުތަކެވެ.